ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2021 ވަނައަހަރު ތ.އަތޮޅުމަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު:   59/2020

 

 

                                   އިޢުލާން

2021 ވަނައަހަރު ތ.އަތޮޅުމަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

             2021 ވަނައަހަރު ތ.އަތޮޅުމަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1-      މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނީ ބީލަމަށް ކުރިމަތިލާ ސްކޫލް ހުންނަ ރަށުގައި '' ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު '' އާ އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

2-      މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތުދިނުމުގެ ސެޝަން

ތ.އަތޮޅުމަދަރުސާ

 05 ޖެނުއަރީ 2021

އަންގާރަ

10.00

އަންދާސީހިސާބު ހުށަހެޅުން

ތ.އަތޮޅުމަދަރުސާ

13 ޖެނުއަރީ 2021

ބުދަ

10.00

 

 މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

               

                            13   ޖުމާދަލްއޫލާ  1442

                            28   ޑިސެމްބަރ  2020    

28 ޑިސެންބަރު 2020
ހޯދާ