ދިވެހިރާއްޖެ
ނަންބަރު: 59/2020
އިޢުލާން
2021 ވަނައަހަރު ތ.އަތޮޅުމަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
2021 ވަނައަހަރު ތ.އަތޮޅުމަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1- މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނީ ބީލަމަށް ކުރިމަތިލާ ސްކޫލް ހުންނަ ރަށުގައި '' ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު '' އާ އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
2- މި ޕްރޮޖެކްޓަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތުދިނުމުގެ ސެޝަން |
ތ.އަތޮޅުމަދަރުސާ |
05 ޖެނުއަރީ 2021 |
އަންގާރަ |
10.00 |
އަންދާސީހިސާބު ހުށަހެޅުން |
ތ.އަތޮޅުމަދަރުސާ |
13 ޖެނުއަރީ 2021 |
ބުދަ |
10.00 |
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
13 ޖުމާދަލްއޫލާ 1442
28 ޑިސެމްބަރ 2020