މަޤާމުގެ ރޭންކް:
|
ޖީ.އެސް.2
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
އިދާރީ ހިންގުމާއި ފައިސާއާ ބެހޭ ބައި / އައިޓީ ޔުނިޓު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި،
- ސާނަވީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައި ވުމާއެކު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުމާއެކު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
- ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި ހައްލު ނުކުރެވޭފަދަ ކަމެއްނަމަ ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވެރިއެއްގެ އިރުޝާދުގެ މަތިން މައްސަލަ ހައްލުކުރުން.
- އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރ، އަދި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
- ކޮންޕިޔުޓަރުތަކުގައި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ހައްލުކުރުމާއި ސޮފްޓްވެއަރ އަޅައި އެ ބޭނުންކުރާނޭ ގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ މުވައްޒަފުން އަހުލުވެރި ކުރުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށް ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.
- އޮފީހުގެ މީސްމީޑިއާއަށް ބޭނުންވާ ތަކެތި ފަރުމާކުރުން.
- އޮފީހުގެ ވެބްސައިޓް އަދާހަމަކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
- މަޤާމުގެ ޙައިސިއްޔަތުން ސެކްޝަންގެ ވެރިޔާ އަންގާ އެހެނިހެން ކަންކަން ކުރުން.
- ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު): -/3،000 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ކޮންޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
- ވަޒީފާ އަދާކުރިގޮތުގެ ލިޔުން (އޮތްނަމަ)
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ.
- މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވާނީ މި އޮފީހުގެ "ވަޒީފާއަށް މީހުން ހޮވުމުގައި އަމަލު ކުރާ އުޞޫލު" ގައިވާ ގޮތުގެމަތިންނެވެ. މި އުޞޫލު މި އޮފީހުގެ ވެބް ސައިޓް www.icom.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.
|