ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-HR/460/2020/7
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 31 ޑިސެންބަރު 2020 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ކޮމްޕިޔުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް.2

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

 އިދާރީ ހިންގުމާއި ފައިސާއާ ބެހޭ ބައި / އައިޓީ ޔުނިޓު

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން،  އަދި،
  2. ސާނަވީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައި ވުމާއެކު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުމާއެކު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  3. ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  1. އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި ހައްލު ނުކުރެވޭފަދަ ކަމެއްނަމަ ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވެރިއެއްގެ އިރުޝާދުގެ މަތިން މައްސަލަ ހައްލުކުރުން.
  2. އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރ، އަދި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  3. ކޮންޕިޔުޓަރުތަކުގައި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ހައްލުކުރުމާއި ސޮފްޓްވެއަރ އަޅައި އެ ބޭނުންކުރާނޭ ގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ މުވައްޒަފުން އަހުލުވެރި ކުރުން.
  4. އޮފީހުގެ ކޮންޕިޔުޓަރުތަކަށް ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.
  5. އޮފީހުގެ މީސްމީޑިއާއަށް ބޭނުންވާ ތަކެތި ފަރުމާކުރުން.
  6. އޮފީހުގެ ވެބްސައިޓް އަދާހަމަކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
  7. މަޤާމުގެ ޙައިސިއްޔަތުން ސެކްޝަންގެ ވެރިޔާ އަންގާ އެހެނިހެން ކަންކަން ކުރުން.
  8. ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.

-      ސަރވިސް އެލަވަންސް:    (މަހަކު): -/3،000 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮންޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

-          ވަޒީފާ އަދާކުރިގޮތުގެ ލިޔުން (އޮތްނަމަ)

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

-          މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ.

-          މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވާނީ މި އޮފީހުގެ "ވަޒީފާއަށް މީހުން ހޮވުމުގައި އަމަލު ކުރާ އުޞޫލު" ގައިވާ ގޮތުގެމަތިންނެވެ. މި އުޞޫލު މި އޮފީހުގެ ވެބް ސައިޓް www.icom.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

-          އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

24 ޑިސެންބަރު 2020