މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސީނިއަރ ފިރިހެން އަދި އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުން
މިއެސޯސިއޭޝަންގެ ސީނިއަރ ފިރިހެން އަދި އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުމަށްޓަކައި ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި ޔޫތް ސެންޓަރ އިންޑޯރ ބާސްކެޓްބޯޅަ ކޯޓުގައި ޓްރައި-އައުޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޓްރައި-އައުޓް ތަކުގައި ބައިވެރުވުމަށް ބޭނުންވެލައްވާ ކުޅުންތެރިން އެކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު އެނގޭނޭ ގޮތައް 19 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް މެއިލް ([email protected]) ކޮށްދެއްވުން އެދެމެވެ.
އަންހެން |
20، 22 އަދި 24 ޑިސެމްބަރ 2020 |
20:45 ން 23:00 އަށް |
ޔޫތް ސެންޓަރ އިންޑޯރ ކޯޓް |
ފިރިހެން |
21، 23 އަދި 26 ޑިސެމްބަރ 2020 |
20:45 ން 23:00 އަށް |
ޔޫތް ސެންޓަރ އިންޑޯރ ކޯޓް |
14 ޑިސެންބަރު 2020
ހޯދާ