ޢާންމު މަޢުލޫމާތު
ނަންބަރު: MBA/IUL/2020/12
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 22:02
ސުންގަޑި: 19 ޑިސެންބަރު 2020 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ ފިރިހެން އަދި އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުން

މިއެސޯސިއޭޝަންގެ ސީނިއަރ ފިރިހެން އަދި އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުމަށްޓަކައި ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި ޔޫތް ސެންޓަރ އިންޑޯރ ބާސްކެޓްބޯޅަ ކޯޓުގައި ޓްރައި-އައުޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޓްރައި-އައުޓް ތަކުގައި ބައިވެރުވުމަށް ބޭނުންވެލައްވާ ކުޅުންތެރިން އެކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު އެނގޭނޭ ގޮތައް 19 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް މެއިލް ([email protected]) ކޮށްދެއްވުން އެދެމެވެ.

 

އަންހެން

20، 22 އަދި 24 ޑިސެމްބަރ 2020

20:45 ން 23:00 އަށް

ޔޫތް ސެންޓަރ އިންޑޯރ ކޯޓް

ފިރިހެން

21، 23 އަދި 26 ޑިސެމްބަރ 2020

20:45 ން 23:00 އަށް

ޔޫތް ސެންޓަރ އިންޑޯރ ކޯޓް

14 ޑިސެންބަރު 2020