ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)LHAH-AH/LHAH/2020/26 ( 08 ނޮވެމްބަރ 2020 ) އިޢުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތުގެ ޝަރުތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުންމިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- ހޮސްޕިޓަލް އާ ޢިމާރާތުގެ ތިއޭޓަރ އަދި ލެބޮރޓަރީގެ މުށިތައް ބަދަލްކުރުން
- ހޮސްޕިޓަލްގެ އާ ޢިމާރާތުގެ އަސްކަނި ސީލިންގ ، ޑަކްޓް އަދި ޕޯޓިކޯ ސީލިންގ މަރާމާތުކުރުން
- ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތަކުގައި ސިލިކޯން އެޅުން.
- ހޮސްޕިޓަލްގެ އޮފީސް ބިލްޑިންގ އަދި ލޭބަރރޫމް ބިލްޑިންގެ ބައެއް މަރާމާތުކުރުން.
މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected] އީ މެއިލް ކުރެއްވުން އެދެމެވެ.
މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.