މަސައްކަތް
ނަންބަރު: (IUL)LHAH-AH/LHAH/2020/30
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 19:29
ސުންގަޑި: 24 ޑިސެންބަރު 2020 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)LHAH-AH/LHAH/2020/26 ( 08 ނޮވެމްބަރ 2020 ) އިޢުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތުގެ ޝަރުތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުންމިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • ހޮސްޕިޓަލް އާ ޢިމާރާތުގެ ތިއޭޓަރ އަދި ލެބޮރޓަރީގެ މުށިތައް ބަދަލްކުރުން
  • ހޮސްޕިޓަލްގެ އާ ޢިމާރާތުގެ އަސްކަނި ސީލިންގ ، ޑަކްޓް އަދި ޕޯޓިކޯ ސީލިންގ މަރާމާތުކުރުން
  • ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތަކުގައި ސިލިކޯން އެޅުން.
  • ހޮސްޕިޓަލްގެ އޮފީސް ބިލްޑިންގ އަދި ލޭބަރރޫމް ބިލްޑިންގެ ބައެއް މަރާމާތުކުރުން.

މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected] އީ މެއިލް ކުރެއްވުން އެދެމެވެ.

މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ހޮސްޕިޓަލާއި  މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައެވެ.

މިއިއުލާނާއި  ގުޅޭގޮތުން  އެއްވެސް  މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 10:00  ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ޑިސެންބަރު 2020