ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ދަނގެތީ ސްކޫލް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމު ފޯރުކޮށްދިނުން

މިސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދެއްވާނެ ދެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތްކޮށްދެއްވުމަށް ޝަޢުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  •   މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ   06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 11:30 އާއި ދެމެދުއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 މިސްކޫލް ގައި އޮންނާނެއެވެ.
  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. 
  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

      އަދި މިމަސައްކަތަށްއެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤަނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ  ފުރުސަތުދެވޭނެ ވާހަކަ ދަންނަވަމެވެ.

ދަނގެތީ ސުކޫލް

އދ.ދަނގެތި، ދިވެހިރާއްޖެ

ފޯން: 6680803

އީ-މެއިލް: [email protected]

01 ޑިސެންބަރު 2020
ހޯދާ