ދިވެހިރާއްޖެ
މިސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދެއްވާނެ ދެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތްކޮށްދެއްވުމަށް ޝަޢުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 11:30 އާއި ދެމެދުއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 މިސްކޫލް ގައި އޮންނާނެއެވެ.
- ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އަދި މިމަސައްކަތަށްއެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤަނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތުދެވޭނެ ވާހަކަ ދަންނަވަމެވެ.
ދަނގެތީ ސުކޫލް
އދ.ދަނގެތި، ދިވެހިރާއްޖެ
ފޯން: 6680803
އީ-މެއިލް: [email protected]