ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ޑިސެންބަރު 2020 10:16 ގައި ބާތިލް ކުރެވިފައެވެ.
މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުންވެއްޖެއެވެ.
މަގާމް: |
އެސިސްޓެންޓް އެޑްމިން އޮފިސަރ |
މަޤާމްގެ ބާވަތް |
ދާއިމީ |
ބޭނުންވާ އަދަދު: |
01 |
މުސާރަ: |
-/3500 ރުފިޔާ |
އެލަވަންސް: |
-/1500 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ |
މަޤާމުގެ މަސްއޫލިއްޔަތު: |
1- މެމްބަރޝިޕް ފީބަލައިގަތުމާއި މެމްބަރޝިޕް ކާޑުހެދުން. 2- ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން. 3- އެސޯސިއޭޝަންއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކުރުމާއި، އެންޓްރީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން. 4- އެސޯސިއޭޝަންގެ ބެލުމުގެދަށުގައިވާ އިންޑޯ ކޯޓުތަކުގެ ޝެޑިއުލް ތައްޔާރުކޮށް، ޝެޑިއުލްއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް. 5- އިންޑޯ ބެޑްމިންޓަން ހޯލުގެ ކޯޓުތަކާއި ލައިޓްތަށް ޗެކްކޮށް ރިޕޯޓްކުރުން. 6- އެސޯސިއޭޝަންއަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކާއި ފޯނަށް ޖަވާބުދިނުމާއި، އެކަމަކާ ގުޅޭ މުވައްޒިފަށް ލަސްނުކޮށް އެކަން އެންގުން. 7- އެސޯސިއޭޝަނަށް އަންނަ ސިޓީފަދަ ތަކެތި ބަލަހައްޓާ ދުވަހުން ދުވަހަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެފަދަ ސިޓީތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވުން. 8- އެސޯސިއޭޝަންގެ ފަރާތުން ކުރާ ރަސްމީ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުން. 9- އެސޯސިއޭޝަންގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރުމާއި، ޢަމަލީގޮތުން ބައިވެރިވުން. 10- ބެޑްމިންޓަން ނޭޝަނަލް ޓީމް ކުޅުންތެރިންނާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. 11- އެސޯސިއޭޝަންގެ ކޯޗުންގެ އެންމެހާ ކަންތައްތައް ވެރިން އަންގާ ގޮތުގެމަތިން ބެލެހެއްޓުން. 12- އެސޯސިއޭޝަންގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން. 13- އެސޯސިއޭޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ޙަވާލުކުރެވިފައިވާ ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
ފެންވަރު ނުވަތަ ޝަރުތު: |
1- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން، 'އިނގިރޭސި' މި މާއްދާ ހިމެނޭގޮތަށް، 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 2- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޑިސެންބަރު 2020 ގެ 14:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1- ތަޢުލީމާއި ތަމްރީން. 2- މަސައްކަތުގެ ތަޖުރިބާ. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 4- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. 5- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުން. 6- އަތޮޅުތެރެއާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް އިޢުތިރާޒެއް ނެތުން. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3314057 ނަންބަރު ފޯނާއެވެ.