ވަޒީފާގެ ފުރުޞަތު
ނަންބަރު: BAM/IUL/2020/46
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 10 ޑިސެންބަރު 2020 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 09 ޑިސެންބަރު 2020 10:16 ގައި ބާތިލް ކުރެވިފައެވެ.


މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުންވެއްޖެއެވެ.

މަގާމް:

އެސިސްޓެންޓް އެޑްމިން އޮފިސަރ

މަޤާމްގެ ބާވަތް

ދާއިމީ

ބޭނުންވާ އަދަދު:

01

މުސާރަ:

-/3500 ރުފިޔާ

އެލަވަންސް:

-/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ

މަޤާމުގެ މަސްއޫލިއްޔަތު:

1-    މެމްބަރޝިޕް ފީބަލައިގަތުމާއި މެމްބަރޝިޕް ކާޑުހެދުން.

2-    ދުވަހު ޔައުމިއްޔާ އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.

3-    އެސޯސިއޭޝަންއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކުރުމާއި، އެންޓްރީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން.

4-    އެސޯސިއޭޝަންގެ ބެލުމުގެދަށުގައިވާ އިންޑޯ ކޯޓުތަކުގެ ޝެޑިއުލް ތައްޔާރުކޮށް، ޝެޑިއުލްއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް.

5-    އިންޑޯ ބެޑްމިންޓަން ހޯލުގެ ކޯޓުތަކާއި ލައިޓްތަށް ޗެކްކޮށް ރިޕޯޓްކުރުން.

6-    އެސޯސިއޭޝަންއަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކާއި ފޯނަށް ޖަވާބުދިނުމާއި، އެކަމަކާ ގުޅޭ މުވައްޒިފަށް ލަސްނުކޮށް އެކަން އެންގުން.

7-    އެސޯސިއޭޝަނަށް އަންނަ ސިޓީފަދަ ތަކެތި ބަލަހައްޓާ ދުވަހުން ދުވަހަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެފަދަ ސިޓީތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވުން.

8-    އެސޯސިއޭޝަންގެ ފަރާތުން ކުރާ ރަސްމީ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުން.

9-    އެސޯސިއޭޝަންގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރުމާއި، ޢަމަލީގޮތުން ބައިވެރިވުން.

10- ބެޑްމިންޓަން ނޭޝަނަލް ޓީމް ކުޅުންތެރިންނާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

11- އެސޯސިއޭޝަންގެ ކޯޗުންގެ އެންމެހާ ކަންތައްތައް ވެރިން އަންގާ ގޮތުގެމަތިން ބެލެހެއްޓުން.

12- އެސޯސިއޭޝަންގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން.

13- އެސޯސިއޭޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ޙަވާލުކުރެވިފައިވާ ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު:

1-    'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން، 'އިނގިރޭސި' މި މާއްދާ ހިމެނޭގޮތަށް، 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

2-    'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޑިސެންބަރު 2020 ގެ 14:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

2-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

3-    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-    ތަޢުލީމާއި ތަމްރީން.

2-    މަސައްކަތުގެ ތަޖުރިބާ.

3-    ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4-    ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5-    ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުން.

6-    އަތޮޅުތެރެއާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް އިޢުތިރާޒެއް ނެތުން.

 

            މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3314057 ނަންބަރު ފޯނާއެވެ.

01 ޑިސެންބަރު 2020