ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)304-MS/304/2020/110 |
ތާރީޚް: 24 ނޮވެމްބަރ 2020 |
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއާ ގުޅޭ |
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2020 ވަނަ ދުވަހުގައެވެ. މިގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން 1 ޑިސެމްބަރ 2020 ވަނަ ދުވަހު ރ. ދުވާފަރުގައި އިންޓަރނެޓް މެދުވެރިކޮށް ސެޝަންއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، ރ. ދުވާފަރުގައި ދިރިއުޅޭ އުމުރުން 18-35 އަހަރުގެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން ފޯން: 7722205 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެެދެމެވެ. ނުވަތަ ވައިބަރ މެދުވެރިކޮށް ތިރީގައިވާ މައުލޫމާތު ހިމެނުމަށްފަހު ދެންނެވިފައިވާ ނަމްބަރަށް މެސެޖްކުރެއްވުން އެދެމެވެ. ވައިބަރ މެސެޖްކުރައްވާއިރު ބައިވެރިވާ ފަރާތުގެ ނަން، އެޑްރެސް، އައި.ޑީ ކާޑު ނަމްބަރ އަދި ގުޅޭނެ ފޯނު ނަމްބަރ ހިމަނަންވާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ނަންނޯޓް ކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ 29 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ތަނާއި ގަޑި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަންގަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
|
09 ރަބީޢުލްއާޚިރު 1442
24 ނޮވެމްބަރ 2020
އިބްރާހީމް ނަސީރު
(ދުވާފަރު ކައުންސިލްގެ ރައީސް)