ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2020/110
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 29 ނޮވެންބަރު 2020 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްއާ ގުޅޭ

އިޢުލާން

 

 

 

ނަމްބަރ: (IUL)304-MS/304/2020/110

ތާރީޚް: 24 ނޮވެމްބަރ 2020

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއާ ގުޅޭ

 

                

 އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2020 ވަނަ ދުވަހުގައެވެ. މިގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން 1 ޑިސެމްބަރ 2020 ވަނަ ދުވަހު ރ. ދުވާފަރުގައި އިންޓަރނެޓް މެދުވެރިކޮށް ސެޝަންއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، ރ. ދުވާފަރުގައި ދިރިއުޅޭ އުމުރުން 18-35 އަހަރުގެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން ފޯން: 7722205 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެެދެމެވެ. ނުވަތަ ވައިބަރ މެދުވެރިކޮށް ތިރީގައިވާ މައުލޫމާތު ހިމެނުމަށްފަހު ދެންނެވިފައިވާ ނަމްބަރަށް މެސެޖްކުރެއްވުން އެދެމެވެ.

ވައިބަރ މެސެޖްކުރައްވާއިރު ބައިވެރިވާ ފަރާތުގެ ނަން، އެޑްރެސް، އައި.ޑީ ކާޑު ނަމްބަރ އަދި ގުޅޭނެ ފޯނު ނަމްބަރ ހިމަނަންވާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ނަންނޯޓް ކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ 29 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ތަނާއި ގަޑި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަންގަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

 

                        09 ރަބީޢުލްއާޚިރު 1442

                        24 ނޮވެމްބަރ 2020   

       

 

 

 

                                             އިބްރާހީމް ނަސީރު

                                                   (ދުވާފަރު ކައުންސިލްގެ ރައީސް)

24 ނޮވެންބަރު 2020