މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށު އެކި ސަރަހައްދުގައި ހުރި 03 މަގުބައްތި މަރާމާތުކުރުމަށް ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 08 އޮކްޓޯބަރ 2020 ން 13 އޮކްޓޯބަރ 2020 އަށް މިއިދާރާގައި ނަންނޯޓް ކުރަންވާނެއެވެ. ނަން ނޯޓްކުރުން އޮންނާނީ ރަސްމީ ދުވަސްދުވަހު ހެދުނު 09:30 ން 12:00 އާ ދެމެދުއެވެ.
- މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 އޮކްޓޯބަރ 2020 ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވަން ވާނެއެވެ.
- މިމަސައްކަތާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 21 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
ފޯން: 6600007
އީމެއިލް: [email protected]
06 އޮކްޓޫބަރު 2020
ހޯދާ