މަސައްކަތް
ނަންބަރު: (IUL)322-EP/322/2020/96
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 21 އޮކްޓޫބަރު 2020 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  1. މިރަށު އެކި ސަރަހައްދުގައި ހުރި 03 މަގުބައްތި މަރާމާތުކުރުމަށް ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 08 އޮކްޓޯބަރ 2020 ން 13 އޮކްޓޯބަރ 2020 އަށް މިއިދާރާގައި ނަންނޯޓް ކުރަންވާނެއެވެ. ނަން ނޯޓްކުރުން އޮންނާނީ ރަސްމީ ދުވަސްދުވަހު ހެދުނު 09:30 ން 12:00 އާ ދެމެދުއެވެ.
  3. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 އޮކްޓޯބަރ 2020 ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވަން ވާނެއެވެ.
  4. މިމަސައްކަތާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
  5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 21 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
  6. މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

ފޯން:  6600007

އީމެއިލް: [email protected]

06 އޮކްޓޫބަރު 2020