ދިވެހިރާއްޖެ
އިޢުލާން
މިކުންފުނިން 30 އޮކްޓޯބަރ 2020، ގައި ކުރެވުނު އިޢުލާން (އިޢުލާން ނަންބަރ MGPL-I/PD/2020/11 ) ހުށަހަޅާފައިވާ ފަރާތްތަކުން ޕްރޮޕޯސަލް އާއި އެކު ހުށަހަޅަން އަންގާފައިވާ ލިޔެކިޔުންތަށް ހުށަހަޅާފައި ނުވާތީވެ މި ދެންނެވި ޓެންޑާ ބާތިލްކޮށް، މިކުންފުނިން އިންޕޯޓްކޮށް އަދި އެކްސްޕޯޓް ކުރާ އެންމެހައި ލޮޖިސްޓިކްސް މަސަކަތް 1 (އެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ދޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
12 އޮކްޓޯބާރ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
18 އޮކްޓޯބާރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއި އެކު ޓޭމްސް އޮފް ރެފަރެސް އެޓޭޗްކުރެވިފައިވާނެެއެވެ.
- މައުލޫމާތު ސާފުކުމާއި އަގު ހުށަހެޅުމަށް ވަޑައިގަންނަވާނީ މޯލްޑިވްގޭސް ހެޑް އޮފީސް ( އެސް.ޓީ.އޯ 2 ވަނަ ފަންގިލިފާ ) އަށެވެ.
05 އޮކްޓޯބްރ 2020،
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ