މަސައްކަތް
ނަންބަރު: MGPL-I/PD/2020/15
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 12 އޮކްޓޫބަރު 2020 13:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އިންޕޯޓްކޮށް އަދި އެކްސްޕޯޓް ކުރާ އެންމެހައި ލޮޖިސްޓިކްސް މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

މިކުންފުނިން 30 އޮކްޓޯބަރ 2020، ގައި ކުރެވުނު އިޢުލާން (އިޢުލާން ނަންބަރ MGPL-I/PD/2020/11 ) ހުށަހަޅާފައިވާ ފަރާތްތަކުން ޕްރޮޕޯސަލް އާއި އެކު ހުށަހަޅަން އަންގާފައިވާ ލިޔެކިޔުންތަށް ހުށަހަޅާފައި ނުވާތީވެ މި ދެންނެވި ޓެންޑާ ބާތިލްކޮށް، މިކުންފުނިން އިންޕޯޓްކޮށް އަދި އެކްސްޕޯޓް ކުރާ އެންމެހައި ލޮޖިސްޓިކްސް މަސަކަތް 1 (އެއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ދޯދުމަށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

12 އޮކްޓޯބާރ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

18 އޮކްޓޯބާރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މި އިޢުލާނާއި އެކު ޓޭމްސް އޮފް ރެފަރެސް އެޓޭޗްކުރެވިފައިވާނެެއެވެ.
  • މައުލޫމާތު ސާފުކުމާއި އަގު ހުށަހެޅުމަށް ވަޑައިގަންނަވާނީ މޯލްޑިވްގޭސް ހެޑް އޮފީސް ( އެސް.ޓީ.އޯ 2 ވަނަ ފަންގިލިފާ ) އަށެވެ.

05 އޮކްޓޯބްރ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

05 އޮކްޓޫބަރު 2020