ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމާއި ގުޅޭ؛

މިއިދާރާއިން ބީޒޯނުގެ އެއްގަމު ލައިސަންސް (ލައިސަންސް ފޮތް) ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނޭ އެގްޒަމިނަރުން ހޯދުމަށް ކުރި މިއިދަރާގެ ނަންބަރ (IUL)417-ESMS/417/2020/64 (04 އޮކްޓޯބަރ 2020) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލގެ އިދާރާއިން މިރަށަށް އައުމަށް ހަމަޖެހިފައިވާ ދުވަސް އަވަސްވެފައިވާތީ އެގްޒަމިނަރަކަށް އެދި ސިޓީ ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލު އައިސްފައިވާ ވާހަކަ ދަންނަވަމެވެ.

އެގްޒަމިނަރުން ބޭނުންވާ އަދަދު

02 (އަންހެން ، ފިރިހެން)

އެގްޒަމިނަރުން ބޭޏުންވާ މުއްދަތު

06 މަސް

އެގްޒެމިނަރގެ ޝަރުތުތައް

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދޫކުރި ތާރީޙުންފެށިގެން 05 އަހަރު ދުވަސް ވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  • ލައިސަންސްގެ އަސްލާއި ކޮޕީ
  • އައިޑީކާޑުގެ ކޮޕި

އުޖޫރަ

15.00 (ފަނަރަ ރުފިޔާ) ޓެސްޓް ކުރާ ދެފުރޮޅުލީ އުޅަނދެއްނަމަ.

25.00 (ފަންސަވީސް ރުފިޔާ) ޓެސްޓްކުރާ ހަތަރު ފުރޮޅުލީ އުޅަނދެއް ނަމަ

ވީމާ، މަތީގައި ދެންނެވިފައިވާ އެގްޒަމިނަރުންގެ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2020
ހޯދާ