ދިވެހިރާއްޖެ
މިއިދާރާއިން ބީޒޯނުގެ އެއްގަމު ލައިސަންސް (ލައިސަންސް ފޮތް) ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނޭ އެގްޒަމިނަރުން ހޯދުމަށް ކުރި މިއިދަރާގެ ނަންބަރ (IUL)417-ESMS/417/2020/64 (04 އޮކްޓޯބަރ 2020) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލގެ އިދާރާއިން މިރަށަށް އައުމަށް ހަމަޖެހިފައިވާ ދުވަސް އަވަސްވެފައިވާތީ އެގްޒަމިނަރަކަށް އެދި ސިޓީ ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލު އައިސްފައިވާ ވާހަކަ ދަންނަވަމެވެ.
އެގްޒަމިނަރުން ބޭނުންވާ އަދަދު |
02 (އަންހެން ، ފިރިހެން) |
އެގްޒަމިނަރުން ބޭޏުންވާ މުއްދަތު |
06 މަސް |
އެގްޒެމިނަރގެ ޝަރުތުތައް |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް |
|
އުޖޫރަ |
15.00 (ފަނަރަ ރުފިޔާ) ޓެސްޓް ކުރާ ދެފުރޮޅުލީ އުޅަނދެއްނަމަ. 25.00 (ފަންސަވީސް ރުފިޔާ) ޓެސްޓްކުރާ ހަތަރު ފުރޮޅުލީ އުޅަނދެއް ނަމަ |
ވީމާ، މަތީގައި ދެންނެވިފައިވާ އެގްޒަމިނަރުންގެ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.