ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
- ހަފްލާގެ ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)
- ނޫސްވެރިކަމުގެ އިނާމް (އެވޯރޑް) ތައްޔާރު ކޮށްދިނުން
ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތައް 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓްކުރުމަށް [email protected] އަށް މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު 12 އޮކްޓޯބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިއުލާނުގައި އެދިފައިވާ އަންދާސީ ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަސައްކަތުގެ މަޢުލޫމާތު ޝީޓް އިއުލާނާއިއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 7967919 / ނަންބަރު ފޯނަށެވެ.
12 ޞަފަރު 1442