މަސައްކަތް
ނަންބަރު: (IUL)219-CS/1/2020/9
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 12 އޮކްޓޫބަރު 2020 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން ބޭއްވޭ ހަފްލާގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދުމާ ބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

  1. ހަފްލާގެ ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)
  2. ނޫސްވެރިކަމުގެ އިނާމް (އެވޯރޑް) ތައްޔާރު ކޮށްދިނުން                                

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތައް 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓްކުރުމަށް [email protected] އަށް މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު 12 އޮކްޓޯބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިއުލާނުގައި އެދިފައިވާ އަންދާސީ ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަސައްކަތުގެ މަޢުލޫމާތު ޝީޓް އިއުލާނާއިއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 7967919 / ނަންބަރު ފޯނަށެވެ.

12 ޞަފަރު 1442

29 ސެޕްޓެންބަރު 2020