ދިވެހިރާއްޖެ
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު |
ނަންބަރ:(IUL)195-C/1/2020/19 |
|
ތާރީޚް:28 ސެޕްޓެމްބަރު 2020 |
||
މަޤާމު |
ހައިކޯޓުގެ އިސްފަނޑިޔާރު |
|
މި މަޤާމަކީ ހައިކޯޓަށް ޢައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. |
||
ޢަދަދު |
1 |
|
މުސާރަޔާއި އިނާޔަތްތައް |
||
އަސާސީ މުސާރަ |
38,000.0 ރުފިޔާ |
|
ލިވިންގ އެލަވަންސް |
15,000.00 ރުފިޔާ |
|
ރިސްކް އެލަވަންސް |
3,300.00 ރުފިޔާ |
|
ހެލްތް އިންޝުއަރެންސް |
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ. |
|
ފޯނު އެލަވަންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ. |
|
ޝަރުތު |
މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރަމުން ގެންދާ ފަރާތަކަށްވުން. |
|
އިސްފަނޑިޔާރުކަމަށް އެދި ހުށަހެޅުން |
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޝައުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން |
|
ސުންގަޑި |
- 06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމުގައި ދެންނެވީމެވެ. |
|
ގަވާއިދު |
މި އިޢުލާންގައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބޭނެއެވެ. |
|
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |