ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-c/1/2020/19
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 06 އޮކްޓޫބަރު 2020 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހައިކޯޓުގެ އިސްފަނޑިޔާރު

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރ:(IUL)195-C/1/2020/19

ތާރީޚް:28 ސެޕްޓެމްބަރު 2020

މަޤާމު

ހައިކޯޓުގެ އިސްފަނޑިޔާރު

މި މަޤާމަކީ ހައިކޯޓަށް ޢައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

ޢަދަދު

1

މުސާރަޔާއި އިނާޔަތްތައް

އަސާސީ މުސާރަ

 38,000.0 ރުފިޔާ

ލިވިންގ އެލަވަންސް

15,000.00 ރުފިޔާ

ރިސްކް އެލަވަންސް

3,300.00 ރުފިޔާ

ހެލްތް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތީން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ.

ޝަރުތު

މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރަމުން ގެންދާ ފަރާތަކަށްވުން.

އިސްފަނޑިޔާރުކަމަށް އެދި ހުށަހެޅުން

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޝައުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން

ސުންގަޑި

-      06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމުގައި ދެންނެވީމެވެ.

ގަވާއިދު

މި އިޢުލާންގައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް  www.jsc.gov.mv އިން ލިބޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 

28 ސެޕްޓެންބަރު 2020