މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ކެޕްޓަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

          ރައްޔިތުންގެ ނަފާ ސްޕީޑް ލޯންޗަށް ދާއިމީ ކެޕްޓަނަކު ހޯދުމަށް ކުރިން ކުރެވުނު ނަންބަރު:  (IUL)335-AS/335/2020/10  ( 10 ފެބްރުއަރީ 2020 ) ގެ އިޢުލާން ބާޠިލްކޮށް، އަލުން ކޮންޓްކްޓް އުޞޫލުން ކެޕްޓަނެއް ހޯދުމަށް ބޭނުންވާތީ، އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:                   ލޯންޗް ކެޕްޓަން

ބޭނުންވާ ޢަދަދު:              1

މަޤާމުގެ ގިންތި:              ވަގުތީ

ވަޒީފާ އަދާކުރަންޖެހޭތަން:        " ނަފާ ސްޕީޑް ލޯންޗް " ކ. ހިންމަފުށީ ކައުންސިލް

މުސާރަ:                   މަހަކު -/10000 ރުފިޔާ

ކޮއްތު:                    ދަތުރުކުރާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ

މީގެ އިތުރުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ލިބިލައްވާނެ އެވެ.

 

މަޤާމުގެ ޝަރުޠުތައް:

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.
  • ގްރޭޑް 7 ނިންމާފައިވުން ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން.
  • ކަނޑުމަތީގައި ދަތުރުފަތުރު ކުރެވޭވަރުގެ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިވާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ލޯންޗްގެ އެންމެހައި ކަންތައްތައް ހިންމަފުށީ ކައުންސިލުން އަންގަވާ ގޮތެއްގެމަތީން ފަޅުވެރިންނާއި ގުޅިގެން ބެލެހެއްޓުމުގެ އެންމެހާ ކަންތައް އިސްވެ ކުރުން.

2-  ލޯންޗްގެ އެންމެހައި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.

3-  ހަފްތާއަކު 1 ފަހަރު ލޯންޗް އުނގުޅާ ސާފުތާހިރުކޮށް ބެލެހެއްޓުން

4-  ލޯންޗްގައި ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަންޖެހޭ ގަޑިތަކުގައި ރައްކާތެރިކަމާއެކު ކުރުން.

5-  ލޯންޗްގެ އިންޖީނުގެ ކުދިކުދި މައްސަލަތައް ރަގަޅުކޮށް ފިލްޓަރ އަދި ތެޔޮބަދަލުކޮށް ސާފުކޮށް، ތެޔޮއަޅާ ޤަވާޢިދުން ބެލެހެއްޓުން.

6-  ލޯންޗް ދަތުރަށް ފުރަންވުމުން ފަޅުވެރިންނަށް އެކަން އެންގުން.

7-  ރަށެއްގެ ބަނދަރުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމަށްޓަކައި މަދުވެގެން އެކަކު ލޯންޗްގައި މަޑުކުރާގޮތަށް ހަމަޖެއްސުން.

8-  ލޯންޗް އެހެލާ ބޭލުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

9-  މޫސުމަށް ބަލައިގެން ލޯންޗަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް ވާއަޅާ ބެލެހެއްޓުން.

10- ލޯންޗް ދަތުރުކުރާ ފަރާތުން ގެންދަވާ އެންމެހައި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11- ލޯންޗްގައި ދަތުރުކުރާ މީހުން ލޯންޗަށް ނުވަތަ ލޯންޗްގެ ތަކެއްޗަށް ގެއްލުމެއް ދޭތޯބެލުމާއި ޤަވާޢިދާއި ޚިލާފުކަމެއް ކުރާތައް ފެނިއްޖެނަމަ އެކަމެއް ހުއްޓުވާ ކައުންސިލް އިދާރާގެވެރިއަކަށް އެކަން އެންގެވުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

      (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއުކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

      (ށ) އިންޓަރވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެ އެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

(ހ)ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރެއްވުމަށްފަހު 8 ސެޕްޓެމްބަރ 2020  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. )

2-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް.

3-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

4-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެގޭފަދަ ކޮޕީ.

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.      

27 އޮގަސްޓް 2020
ހޯދާ