ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ރައްޔިތުންގެ ނަފާ ސްޕީޑް ލޯންޗަށް ދާއިމީ ކެޕްޓަނަކު ހޯދުމަށް ކުރިން ކުރެވުނު ނަންބަރު: (IUL)335-AS/335/2020/10 ( 10 ފެބްރުއަރީ 2020 ) ގެ އިޢުލާން ބާޠިލްކޮށް، އަލުން ކޮންޓްކްޓް އުޞޫލުން ކެޕްޓަނެއް ހޯދުމަށް ބޭނުންވާތީ، އެފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: ލޯންޗް ކެޕްޓަން
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ވަގުތީ
ވަޒީފާ އަދާކުރަންޖެހޭތަން: " ނަފާ ސްޕީޑް ލޯންޗް " ކ. ހިންމަފުށީ ކައުންސިލް
މުސާރަ: މަހަކު -/10000 ރުފިޔާ
ކޮއްތު: ދަތުރުކުރާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ
މީގެ އިތުރުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ލިބިލައްވާނެ އެވެ.
މަޤާމުގެ ޝަރުޠުތައް:
- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.
- ގްރޭޑް 7 ނިންމާފައިވުން ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން.
- ކަނޑުމަތީގައި ދަތުރުފަތުރު ކުރެވޭވަރުގެ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިވާ މީހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ލޯންޗްގެ އެންމެހައި ކަންތައްތައް ހިންމަފުށީ ކައުންސިލުން އަންގަވާ ގޮތެއްގެމަތީން ފަޅުވެރިންނާއި ގުޅިގެން ބެލެހެއްޓުމުގެ އެންމެހާ ކަންތައް އިސްވެ ކުރުން.
2- ލޯންޗްގެ އެންމެހައި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.
3- ހަފްތާއަކު 1 ފަހަރު ލޯންޗް އުނގުޅާ ސާފުތާހިރުކޮށް ބެލެހެއްޓުން
4- ލޯންޗްގައި ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަންޖެހޭ ގަޑިތަކުގައި ރައްކާތެރިކަމާއެކު ކުރުން.
5- ލޯންޗްގެ އިންޖީނުގެ ކުދިކުދި މައްސަލަތައް ރަގަޅުކޮށް ފިލްޓަރ އަދި ތެޔޮބަދަލުކޮށް ސާފުކޮށް، ތެޔޮއަޅާ ޤަވާޢިދުން ބެލެހެއްޓުން.
6- ލޯންޗް ދަތުރަށް ފުރަންވުމުން ފަޅުވެރިންނަށް އެކަން އެންގުން.
7- ރަށެއްގެ ބަނދަރުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމަށްޓަކައި މަދުވެގެން އެކަކު ލޯންޗްގައި މަޑުކުރާގޮތަށް ހަމަޖެއްސުން.
8- ލޯންޗް އެހެލާ ބޭލުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
9- މޫސުމަށް ބަލައިގެން ލޯންޗަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް ވާއަޅާ ބެލެހެއްޓުން.
10- ލޯންޗް ދަތުރުކުރާ ފަރާތުން ގެންދަވާ އެންމެހައި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
11- ލޯންޗްގައި ދަތުރުކުރާ މީހުން ލޯންޗަށް ނުވަތަ ލޯންޗްގެ ތަކެއްޗަށް ގެއްލުމެއް ދޭތޯބެލުމާއި ޤަވާޢިދާއި ޚިލާފުކަމެއް ކުރާތައް ފެނިއްޖެނަމަ އެކަމެއް ހުއްޓުވާ ކައުންސިލް އިދާރާގެވެރިއަކަށް އެކަން އެންގެވުން.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
(ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއުކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.
(ށ) އިންޓަރވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެ އެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
(ހ)ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރެއްވުމަށްފަހު 8 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. )
2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް.
3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެގޭފަދަ ކޮޕީ.
ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.