ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުން ގެންދާ ދަރުބާރުގެ އަދި ވެލާނާގެ ޢިމާރާތުގައި ބަހައްޓާފައިހުރި ލިފްޓްތައް 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރ (IUL)471-CDS3/471/2020/34 (23 އޮގަސްޓް 2020) ޢިއުލާނުގެ މަޢުލޫމާތު ކަރުދާހަށް ތިރީގައި މި ދަންނަވާ އިސްލާޙު ވަނީ ގެނެވިފައެވެ.
2-މަޢުލޫމާތު ކަރުދާހުގެ 2 (ދޭއް) ވަނަ ނުކުތާގެ 2.1 ގައި ކުރިން ވާނީ 7 (ހަތެއް) ލިފްޓްއެވެ. ނަމަވެސް މިހާރު ގެނެވުނު އިސްލާހާ އެކު 2.1 ގައި ވަނީ 6 (ހައެއް) ލިފްޓްއެވެ.
3- ވީމާ، މި އިސްލާޙު ގެނެވިފައިވާކަން ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިސްލާޙާ ގުޅިގެން، ހުށަހަޅުއްވަންޖެހޭ އެއްވެސް ލިޔެކިޔުމަކަށް އަދި އެއްވެސް ތާރީޚަކަށްވެސް ބަދަލެއް އައިސްފައި ނުވާކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 މުޙައްރަމް 1442ހ.
26 އޮގަސްޓް 2020މ.