މަސައްކަތް
ނަންބަރު: (IUL)471-CDS3/471/2020/41
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 01 ސެޕްޓެންބަރު 2020 10:30
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުން ގެންދާ ދަރުބާރުގެ އަދި ވެލާނާގެ ޢިމާރާތުގައި ބަހައްޓާފައިހުރި ލިފްޓްތައް 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުން ގެންދާ ދަރުބާރުގެ އަދި ވެލާނާގެ ޢިމާރާތުގައި ބަހައްޓާފައިހުރި ލިފްޓްތައް 02 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރ (IUL)471-CDS3/471/2020/34 (23 އޮގަސްޓް 2020) ޢިއުލާނުގެ މަޢުލޫމާތު ކަރުދާހަށް ތިރީގައި މި ދަންނަވާ އިސްލާޙު ވަނީ ގެނެވިފައެވެ.

 

2-މަޢުލޫމާތު ކަރުދާހުގެ 2 (ދޭއް) ވަނަ ނުކުތާގެ 2.1 ގައި ކުރިން ވާނީ 7 (ހަތެއް) ލިފްޓްއެވެ. ނަމަވެސް މިހާރު ގެނެވުނު އިސްލާހާ އެކު 2.1 ގައި ވަނީ 6 (ހައެއް) ލިފްޓްއެވެ.

 

3- ވީމާ، މި އިސްލާޙު ގެނެވިފައިވާކަން ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިސްލާޙާ ގުޅިގެން، ހުށަހަޅުއްވަންޖެހޭ އެއްވެސް ލިޔެކިޔުމަކަށް އަދި އެއްވެސް ތާރީޚަކަށްވެސް ބަދަލެއް އައިސްފައި ނުވާކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

07  މުޙައްރަމް 1442ހ.

26 އޮގަސްޓް 2020މ.

26 އޮގަސްޓް 2020