މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ ދަށުން އިމާމް / މުދިމުން ހޯދުމާގުޅޭ

އިޢުލާން

ވޭޖްގެ ދަށުން އިމާމް / މުދިމުން ހޯދުމާގުޅޭ

މަޤާމް: އިމާމް ( ވަގުތީ )

ބޭނުންވާ ޢަދަދު:  02

ގިންތި:  ވަގުތީ

ރޭންކު:  އިމާމް – ޖީ އެސް 3 ، މުދިމް – ޖީ އެސް 1

މުއްދަތު: މީލަދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ 2 މިސްކިތް

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤަމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިބޭ ވަގުތުތަކުގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ އެފަދަ ޙާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސް ތަކަށެވެ.

މުސާރަ އާއި އެލަވަންސް: އިމާމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ( ފަސްދޮޅަސް އެއްރުފިޔާ ) އަދި މުދިމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ( ފަންސާސް ތިންރުފިޔާ )

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ހުރުން ނުވަތަ އިމާމު / މުދިމް ކަމުގެ ސަނަދު ލިބިފައިވުން.
  • ތަޖުވީދު މަގުން ރީތިކޮށް ޤުރުއާން ކިޔަވަން އެގުން.
  • ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަޤާމުގެ މަސްއޫލިއްޔަތު: 

  • ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ޙާޟިރުވެ، ބަންގިގޮވާ ނާމާދުކުރުން.
  • މިސްކިތު މަސައްކަތު މުއައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން، އެގޮތުން މަސައްކަތު މުއައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާގޮތާ ނަމާދުވަގުތުތަކަށް ޙާޟިރުވަމުން ދާގޮތް ރެކޯޑް ފައިލް ބެލެހެއްޓުން.
  • އަދި ދިމާވާ ކަންކަން ޤަވާޢިދުން ކައުންސިލަށް ރިޕޯޓް ކުރުން.

ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  އާއި ދާއިރާ އާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އެކައުންޓް ނަންބަރު އެގޭނޭފަދަ ލިއުމެއްގެ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  02 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރުން:  އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގާ މިކައުންސިލްގެ 6642024 ނުވަތަ 7772911 އަށް ގުޅުއްވުން އެދެމެވެ.

15 ޖުލައި 2020
ހޯދާ