ދިވެހިރާއްޖެ
އިޢުލާން
ވޭޖްގެ ދަށުން އިމާމް / މުދިމުން ހޯދުމާގުޅޭ
މަޤާމް: އިމާމް ( ވަގުތީ )
ބޭނުންވާ ޢަދަދު: 02
ގިންތި: ވަގުތީ
ރޭންކު: އިމާމް – ޖީ އެސް 3 ، މުދިމް – ޖީ އެސް 1
މުއްދަތު: މީލަދީ 01 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށީ 2 މިސްކިތް
މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤަމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިބޭ ވަގުތުތަކުގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ އެފަދަ ޙާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސް ތަކަށެވެ.
މުސާރަ އާއި އެލަވަންސް: އިމާމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ( ފަސްދޮޅަސް އެއްރުފިޔާ ) އަދި މުދިމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ( ފަންސާސް ތިންރުފިޔާ )
ތަޢުލީމާއި ތަޖުރިބާ:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ހުރުން ނުވަތަ އިމާމު / މުދިމް ކަމުގެ ސަނަދު ލިބިފައިވުން.
- ތަޖުވީދު މަގުން ރީތިކޮށް ޤުރުއާން ކިޔަވަން އެގުން.
- ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ޙާޟިރުވެ، ބަންގިގޮވާ ނާމާދުކުރުން.
- މިސްކިތު މަސައްކަތު މުއައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން، އެގޮތުން މަސައްކަތު މުއައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާގޮތާ ނަމާދުވަގުތުތަކަށް ޙާޟިރުވަމުން ދާގޮތް ރެކޯޑް ފައިލް ބެލެހެއްޓުން.
- އަދި ދިމާވާ ކަންކަން ޤަވާޢިދުން ކައުންސިލަށް ރިޕޯޓް ކުރުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ދާއިރާ އާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އެކައުންޓް ނަންބަރު އެގޭނޭފަދަ ލިއުމެއްގެ ކޮޕީ.
މަޤާމަށް އެދުމުގެ ސުންގަޑި: 02 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގާ މިކައުންސިލްގެ 6642024 ނުވަތަ 7772911 އަށް ގުޅުއްވުން އެދެމެވެ.