ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.
މިކަމަށް ހުޅުވާލެވިފައި މިވަނީ، އާންމު ފަރުދުންނަށް، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށް އަދި ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށެވެ.
1- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޖުލައި 09 ން ފެށިގެން 2020 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
2- ހދ.ކޭލަކުނު ބެލެހެއްޓުމާބެހޭ ބެހޭ އެންމެހާއި ލިޔެކިއުންތައް، މި އޮފީހުގެ ވެބްސައިޓް www.haadhaal.gov.mv އިން 09 ޖުލައި 2020 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3- ބީލަންތައް ހުޅުވުން އޮންނާނީ 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
4- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521692
އީމެއިލް: [email protected]