މަސައްކަތް
ނަންބަރު: (IUL)226-E/PRIV/2020/11
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 23 ޖުލައި 2020 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

މިކަމަށް ހުޅުވާލެވިފައި މިވަނީ، އާންމު ފަރުދުންނަށް، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށް އަދި ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށެވެ. 

1- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޖުލައި 09 ން ފެށިގެން 2020 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

2- ހދ.ކޭލަކުނު ބެލެހެއްޓުމާބެހޭ ބެހޭ އެންމެހާއި ލިޔެކިއުންތައް، މި އޮފީހުގެ ވެބްސައިޓް www.haadhaal.gov.mv އިން 09 ޖުލައި 2020 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3- ބީލަންތައް ހުޅުވުން އޮންނާނީ 2020 ޖުލައި 23  ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521692

އީމެއިލް: [email protected]

10 ޖުލައި 2020