ދިވެހިރާއްޖެ
ނަންބަރ: IUL)285-D/285/2020/32) ޢިޢުލާން ނ.ކަފަކޮމަންޑުއަށް ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާ ކުރުމާއިގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރް ނަންބަރ 3/2020 ގައި ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ނ.ހެނބަދޫ އިޚުތިޞާޞްތެރޭގައި ނ.ކަފަކޮމަންޑޫ ވަނީ ހިމެނިފައެވެ. ހަމައެހެންމެ، މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސްގެ ފަރާތުން މި ރަށް ބޭނުންކުރުމުގެ ހުއްދަ މި ކައުންސިލަށް ދީފައިވާތީ، ކޮވިޑް-19 އިން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރަން ފެށުމަށް ވަނީ ނިންމާފައެވެ. އަދި އިޤްތިޞާދީ އަދި އިޖުތިމާޢީ ހަރަކާތްތައް ހިންގާގޮތަށް ކަފަކޮމަންޑޫ ތަރައްޤީކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތަށް މިހާރުވަނީ ފެށިފައެވެ. ވީމާ، 01 ޖުލައި 2020 ވާ ބުދަ ދުވަހުން ފެށިގެން ނ.ކަފަކޮމަންޑުއަށް އެއްވެސް ފަރާތަކުން ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ ޢިއުލާނުކުރަމެވެ.
އާދަމް ސަމީރު ނ.ހެނބަދޫ ކައުންސިލްގެ އިދާރާ |