ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-D/285/2020/32
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 01 ޖުލައި 2020 00:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކަފަކޮމަންޑުއަށް ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާ ކުރުމާއިގުޅޭ

 

                                   ނަންބަރ: IUL)285-D/285/2020/32)

ޢިޢުލާން

ނ.ކަފަކޮމަންޑުއަށް ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާ ކުރުމާއިގުޅޭ

              ރައީސުލްޖުމްހޫރިއްޔާގެ ޤަރާރް ނަންބަރ 3/2020 ގައި ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ނ.ހެނބަދޫ އިޚުތިޞާޞްތެރޭގައި ނ.ކަފަކޮމަންޑޫ ވަނީ ހިމެނިފައެވެ. ހަމައެހެންމެ، މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސްގެ ފަރާތުން މި ރަށް ބޭނުންކުރުމުގެ ހުއްދަ މި ކައުންސިލަށް ދީފައިވާތީ، ކޮވިޑް-19 އިން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރަން ފެށުމަށް ވަނީ ނިންމާފައެވެ. އަދި އިޤްތިޞާދީ އަދި އިޖުތިމާޢީ ހަރަކާތްތައް ހިންގާގޮތަށް ކަފަކޮމަންޑޫ ތަރައްޤީކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތަށް މިހާރުވަނީ ފެށިފައެވެ.

             ވީމާ، 01 ޖުލައި 2020 ވާ ބުދަ ދުވަހުން ފެށިގެން ނ.ކަފަކޮމަންޑުއަށް އެއްވެސް ފަރާތަކުން ހެނބަދޫ ކައުންސިލްގެ ހުއްދަނެތި އެރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ ޢިއުލާނުކުރަމެވެ.

22 ޖޫން 2020

01 ޒުލްޤައިދާ 1441

 

                                                     

                                              އާދަމް ސަމީރު

                                        ނ.ހެނބަދޫ ކައުންސިލްގެ އިދާރާ        

22 ޖޫން 2020