ދިވެހިރާއްޖެ
ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރަމަޟާންމަހު މިއިދާރާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ.
މިއަހަރުގެ (1441 ވަނަ އަހަރުގެ) ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަގެހިފައިވަނީ 7 ރަމަޟާން 1441 (30 އެޕްރީލް 2020) އިން 27 ރަމަޟާން 1441 (20 މެއި 2020)ވަނަ ދުވަހުގެ މެންދުރު 13:00ގެ ނިޔަލަށެވެ. ފިޠުރު ޒަކާތް މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ ފައިސާގެ މިންވަރެވެ.
މިއަހަރު (1441ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީއެވެ.
އާދައިގެ ހަނޑޫ |
ބާސްމަތީ ހަނޑޫ |
އާދައިގެ ފުއް |
އާޓާ ފުއް |
13.00ރ |
84.00ރ |
11.00ރ |
58.00ރ |
ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތުގެ ފައިސާ އދ. ފެންފުށީ ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ތިރީގައި އެވާ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްދެއްވުންއެދެމެވެ.
- ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރ: 7722700348004 (1400 ޙަރަދު 2)
- ސްލިޕް ވައިބާ ކުރަންޖެހޭ ނަންބަރ: 7763246
ފައިސާ ޓްރާންސްފާ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ފައިސާ ދެއްކިފަރާތް، ގޭބިސީގެ ނަން، ފައިސާދެއްކި ބާވަތް އަދި ފައިސާ ދައްކާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު މަތީގައިއެވާ ނަންބަރަށް ސްލިޕް ވައިބާ ކުރުމަށް ދަންނަވަމެވެ.
ފައިސާ ދެއްކުމާބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި އެވާ ނަންބަރަށް ގުޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.