ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2020/29
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 17:59
ސުންގަޑި: 20 މޭ 2020 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރަމަޟާންމަހު މިއިދާރާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ.

މިއަހަރުގެ (1441 ވަނަ އަހަރުގެ) ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަގެހިފައިވަނީ 7 ރަމަޟާން 1441 (30 އެޕްރީލް 2020) އިން 27 ރަމަޟާން 1441 (20 މެއި 2020)ވަނަ ދުވަހުގެ މެންދުރު 13:00ގެ ނިޔަލަށެވެ. ފިޠުރު ޒަކާތް މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ ފައިސާގެ މިންވަރެވެ.

 

މިއަހަރު (1441ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީއެވެ.

އާދައިގެ ހަނޑޫ

ބާސްމަތީ ހަނޑޫ

އާދައިގެ ފުއް

އާޓާ ފުއް

13.00ރ

84.00ރ

11.00ރ

58.00ރ

 

ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތުގެ ފައިސާ އދ. ފެންފުށީ ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ތިރީގައި އެވާ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްދެއްވުންއެދެމެވެ.

  • ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރ: 7722700348004 (1400 ޙަރަދު 2)
  • ސްލިޕް ވައިބާ ކުރަންޖެހޭ ނަންބަރ: 7763246

ފައިސާ ޓްރާންސްފާ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ފައިސާ ދެއްކިފަރާތް، ގޭބިސީގެ ނަން، ފައިސާދެއްކި ބާވަތް އަދި ފައިސާ ދައްކާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު  މަތީގައިއެވާ ނަންބަރަށް ސްލިޕް ވައިބާ ކުރުމަށް ދަންނަވަމެވެ.

          ފައިސާ ދެއްކުމާބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި އެވާ ނަންބަރަށް ގުޅުމަށް ދަންނަވަމެވެ.

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

29 އޭޕްރިލް 2020