ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުގެ ނަންބަރު (IUL)286-ADM/286/2020/20އަދި (IUL)286-ADM/286/2020/22 އާއި ޙަވާލާދީ ދަންނަވަމެވެ. 19 އޭޕްރީލް 2020 ވާ އާދިއްތަ ދުވަހު ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު އެކްޓެންޝަން އިމާރާތުގެ މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުން ކުރިއަށް ނުގެންދިއުމަށް މިކައުންސިލުގެ ޖަލްސާއިން ވަނީ ނިންމާފައެވެ. މިކަން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ކުރިމަތިވެފައި މިވާ ކޮވިޑް-19 ރޯގާގެ ބަލިމަޑުކަން ރާއްޖޭގައި އިތުރުވެ ރާއްޖޭގެ ހުރިހާ ހިސާބުތަކުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ވީމާ، މި ޕްރޮޖެކްޓްގެ އަންދާސީ ހިސާބު ހުށައެޅުން، ރާއްޖޭގައި ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ޝައުބާން 1441
17 އޭޕްރީލް 2020