ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2020/23
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2020
ޕަބްލިޝްކުރި ގަޑި: 22:52
ސުންގަޑި: 21 އޭޕްރިލް 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ގުޅޭ

އިޢުލާން

                  މިކައުންސިލުގެ ނަންބަރު  (IUL)286-ADM/286/2020/20އަދި (IUL)286-ADM/286/2020/22 އާއި ޙަވާލާދީ ދަންނަވަމެވެ. 19 އޭޕްރީލް 2020 ވާ އާދިއްތަ  ދުވަހު ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު އެކްޓެންޝަން އިމާރާތުގެ މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުން ކުރިއަށް ނުގެންދިއުމަށް މިކައުންސިލުގެ ޖަލްސާއިން ވަނީ ނިންމާފައެވެ. މިކަން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ކުރިމަތިވެފައި މިވާ ކޮވިޑް-19 ރޯގާގެ ބަލިމަޑުކަން ރާއްޖޭގައި އިތުރުވެ ރާއްޖޭގެ ހުރިހާ ހިސާބުތަކުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

 

ވީމާ، މި ޕްރޮޖެކްޓްގެ އަންދާސީ  ހިސާބު ހުށައެޅުން، ރާއްޖޭގައި ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ.  

     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޝައުބާން 1441

17  އޭޕްރީލް  2020

17 އޭޕްރިލް 2020