ދިވެހިރާއްޖެ
ނަންބަރ:WAMCO-BDM/PR/2020/003
ކަސްޓަމަރުންގެ ސަމާލުކަމަށް
ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދަނީ މިކޯޕަރޭޝަންގެ ޙިދުމަތްތަކަށް އެކި ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ވެމްކޯގެ މުވައްޒަފުންގެ ސިއްޚީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި، ކުނި އެއްލާލުމުގެ ޚިދުމަތަށް ބޫރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް
1 އޭޕްރީލް 2020 އިން ފެށިގެން އަންނިވި ބަދަލުތައް ގެނެއައުމަށް ވަނީ ނިންމާފައެވެ. މިގޮތުން،
- ވެމްކޯގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް
ހަމަމިއާއި އެކު، މި ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތަކުގެ ވަގުތުތަކަށް ތިރީގައި ބަޔާންކުރެވިފައިވާ ބަދަލުތައް ގެނެވޭނެއެވެ.
މާލެ |
ހެނދުނު 08:00 އިން މެންދަމު 03:00 އަށް |
ހުޅުމާލެ |
ހެނދުނު 08:00 އިން މެންދަމު 01:30 އަށް |
ވިލިމާލެ |
ހެނދުނު 08:00 އިން މެންދަމު 00:00 އަށް |
އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް) |
ހެނދުނު 08:00 އިން މެންދަމު 00:00 އަށް |
އައްޑޫ ސިޓީ - ހުޅުމީދޫ |
ހެނދުނު 08:00 އިން ހަވީރު 16:00 އަށް |
ފުވައްމުލައް ސިޓީ |
ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް |
ވީމާ، ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން މިބަދަލުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ. މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
30 މާރިޗް 2020