ދެންނެވުން
ނަންބަރު: WAMCO-BDM/PR/2020/003
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:25
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމަރުންގެ ސަމާލުކަމަށް

 

ނަންބަރ:WAMCO-BDM/PR/2020/003

ކަސްޓަމަރުންގެ ސަމާލުކަމަށް

 

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދަނީ މިކޯޕަރޭޝަންގެ ޙިދުމަތްތަކަށް އެކި ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ވެމްކޯގެ މުވައްޒަފުންގެ ސިއްޚީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި، ކުނި އެއްލާލުމުގެ ޚިދުމަތަށް ބޫރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް
1 އޭޕްރީލް 2020 އިން ފެށިގެން އަންނިވި ބަދަލުތައް ގެނެއައުމަށް ވަނީ ނިންމާފައެވެ. މިގޮތުން،

  • ވެމްކޯގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް

ހަމަމިއާއި އެކު، މި ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތަކުގެ ވަގުތުތަކަށް ތިރީގައި ބަޔާންކުރެވިފައިވާ ބަދަލުތައް ގެނެވޭނެއެވެ.

މާލެ

ހެނދުނު 08:00 އިން މެންދަމު 03:00 އަށް

ހުޅުމާލެ

ހެނދުނު 08:00 އިން މެންދަމު 01:30 އަށް

ވިލިމާލެ

ހެނދުނު 08:00 އިން މެންދަމު 00:00 އަށް

އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް)

ހެނދުނު 08:00 އިން މެންދަމު 00:00 އަށް

އައްޑޫ ސިޓީ - ހުޅުމީދޫ

ހެނދުނު 08:00 އިން ހަވީރު 16:00 އަށް

ފުވައްމުލައް ސިޓީ

ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް

 

ވީމާ، ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން މިބަދަލުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ. މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

                                                           30 މާރިޗް 2020
        

30 މާރިޗު 2020