ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 ރޯގާއާއި ގުޅިގެން 19 މާރިޗު 2020 އިން 26 މާރިޗު 2020 ގެ ނިޔަލަށް ސަރުކާރު ބަންދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މިކައުންސިލުގެ ނަންބަރު (IUL)286-ADM/286/2020/18 ގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މިދަންނަވާ ބަދަލުތައް ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.
ބިޑް ރަޖިސްޓަރ ވުމުގެ ފުރުޞަތު 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް ކުރިއަށް ދާނެއެވެ. މި ބަދަލާއިއެކު ޕްރީ ބިޑް މީޓިންގ 01 އޭޕްރީލް 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ތާވަލުކޮށް އަންދާސީ ހިސާބު ހުށައެޅުން 09 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
1441 ރަޖަބް 28
23 މާރިޗު 2020