ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2020/20
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 31 މާރިޗު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ޞީއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަށް ބީލަން ހުށައެޅުމަށް މުއްދަތު އިތުރުކުރުން

އިޢުލާން

                  ކޮވިޑް-19 ރޯގާއާއި ގުޅިގެން  19 މާރިޗު 2020 އިން 26 މާރިޗު 2020 ގެ ނިޔަލަށް ސަރުކާރު ބަންދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މިކައުންސިލުގެ ނަންބަރު (IUL)286-ADM/286/2020/18 ގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މިދަންނަވާ ބަދަލުތައް ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓަރ ވުމުގެ ފުރުޞަތު 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް ކުރިއަށް ދާނެއެވެ. މި ބަދަލާއިއެކު ޕްރީ ބިޑް މީޓިންގ 01 އޭޕްރީލް 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ތާވަލުކޮށް އަންދާސީ  ހިސާބު ހުށައެޅުން 09 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ. 

     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

1441  ރަޖަބް 28

23  މާރިޗު  2020  

23 މާރިޗު 2020