ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު:GMIZL/IUL/CPL/2020/001
މިކުންފުނީގެ ފަރާތުންކޮށްފައިވާ ނަމްބަރު:GMIZL/IUL/LEGAL/2019/010 އިއުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިއުލާނުން ވާނީ މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް ޢާންމު ސަރަޙައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން މިކުންފުނީގެ އޮޕަރޭޝަނަށާއި ތިލަފުށީގެ ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެންގެވުމަށް ފުރުޞަތެއް ދެވިފައެވެ. ނަމަވެސް މިހާތަނަށް ވެސް މިތަކެތި ނަގާފައިނުވާތީ، 25 މާރޗް 2020 ގެ ކުރިން މިތަކެތި ކ. ތިލަފުށީގެ އިނަރ ލެގޫން ޞަރަހައްދުން ނަގާ ސާފުކުރުމަށް އަންގަމެވެ. މިއިއުލާނުގެ މުއްދަތު ހަމަވުމަށްފަހު އިތުރު ފުރުޞަތެއް ނުދެވޭނެކަމުގައި ދަންނަވަމެވެ.
މިތަކެތި ހުރުމުގެ ސަބަބުން މިކުންފުނީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓަށް ވެސް ދަތިވަމުންދާތީ، މިމުއްދަތުގައި މިސަރަހައްދުގައިވާ ތަކެތި ނުނަންގަވައިފިނަމަ، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެވާހަކަ ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ. މިއިއުލާނުގެ ދަށުން ހުސްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓެއް މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.
11 މާރޗް 2020
16 ރަޖަބު 1441
Fen Building/ 4th floor ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513, 3307515 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514