ޢާންމު މަޢުލޫމާތު
ނަންބަރު: GMIZL/IUL/CPL/2020/001
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2020
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 25 މާރިޗު 2020 00:00
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި އިނަރ ލެގޫން ސަރަހައްދު ހުސްކުރުމާ ގުޅޭ

  އިޢުލާން

 

                                ނަމްބަރު:GMIZL/IUL/CPL/2020/001

 

މިކުންފުނީގެ ފަރާތުންކޮށްފައިވާ ނަމްބަރު:GMIZL/IUL/LEGAL/2019/010  އިއުލާނާއި ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިއުލާނުން ވާނީ މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް ޢާންމު ސަރަޙައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން މިކުންފުނީގެ އޮޕަރޭޝަނަށާއި ތިލަފުށީގެ ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެންގެވުމަށް ފުރުޞަތެއް ދެވިފައެވެ. ނަމަވެސް މިހާތަނަށް ވެސް މިތަކެތި ނަގާފައިނުވާތީ، 25 މާރޗް 2020 ގެ ކުރިން މިތަކެތި ކ. ތިލަފުށީގެ އިނަރ ލެގޫން ޞަރަހައްދުން ނަގާ ސާފުކުރުމަށް އަންގަމެވެ. މިއިއުލާނުގެ މުއްދަތު ހަމަވުމަށްފަހު  އިތުރު ފުރުޞަތެއް ނުދެވޭނެކަމުގައި ދަންނަވަމެވެ.

މިތަކެތި ހުރުމުގެ ސަބަބުން މިކުންފުނީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓަށް ވެސް ދަތިވަމުންދާތީ، މިމުއްދަތުގައި މިސަރަހައްދުގައިވާ ތަކެތި ނުނަންގަވައިފިނަމަ، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެވާހަކަ ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ. މިއިއުލާނުގެ ދަށުން ހުސްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓެއް މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.

11  މާރޗް  2020

16  ރަޖަބު  1441

 

 

Fen Building/ 4th floor                    ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515  Fax: 3307514             ފޯން: 3307513،3307515 ފެކްސް: 3307514

 

 

 

 

 

 

 

 

 

11 މާރިޗު 2020