ދިވެހިރާއްޖެ
ނަންބަރ: (IUL)262/262/2020/21
އިޢުލާން
ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުން ތެޔޮ ބިން ކުއްޔަށް ދޫކުރުން:
ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 02 ބިން ކުއްޔަށް ދިނުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރޗު 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ ނަމްބަރ |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ހދ.ނޮޅިވަރަންފަރު ބަނދަރުގެ އިރުމަތީ ސަރަހައްދު |
ތެޔޮވިއްކާ |
1400 އަކަފޫޓު |
G-2 |
އަކަފޫޓަކަށް މަހަކު 60/- ލާރި |
ބިން ތަރައްޤީކުރުން
ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް އަހަރަކު ކުރާނެ ކަންކަން އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ އަންދާސީހިސާބު.
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
70% |
|
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތައް |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
20% |
|
ވީމާ، ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
26 ޖުމާދަލް އާޚިރު 1441
20 ފެބްރުއަރީ 2020