ކުއްޔަށް ދިނުން
ނަންބަރު: (IUL)262/262/2020/21
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 ފެބުރުވަރީ 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ބަނދަރު ސަރައްދުން ތެޔޮވިއްކުމަށްޓަކައި ބިންކުއްޔައްދޫކުރުމާގުޅޭ

ނަންބަރ:  (IUL)262/262/2020/21

 

އިޢުލާން

 

ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުން ތެޔޮ ބިން ކުއްޔަށް ދޫކުރުން:

 

ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 02 ބިން ކުއްޔަށް ދިނުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރޗު 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ ނަމްބަރ

ދޫކުރެވޭ އެންމެ ކުޑަކުލި

1

 ހދ.ނޮޅިވަރަންފަރު ބަނދަރުގެ އިރުމަތީ ސަރަހައްދު

ތެޔޮވިއްކާ

1400 އަކަފޫޓު

G-2

އަކަފޫޓަކަށް މަހަކު 60/- ލާރި

ބިން ތަރައްޤީކުރުން

ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް އަހަރަކު ކުރާނެ ކަންކަން އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ އަންދާސީހިސާބު.

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

 

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

70%

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތައް   

10%

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތަށް ދެވޭ މާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ރަނގަޅު ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

20%

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކުސް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

ވީމާ، ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.                   

26 ޖުމާދަލް އާޚިރު 1441

20  ފެބްރުއަރީ   2020

20 ފެބުރުވަރީ 2020