ދިވެހިރާއްޖެ
ބަނދަރުމަތީގައި ބެޑްތައް ހެދުމުގެ މަސައްކަތަށް އަލުން އިޢުލާނުކުރުން
ބަނދަރުމަތީގައި ބެޑް ހެދުމަށް މި ކައުންސިލުން ކުރި އިޢުލާނު ނަންބަރު (IUL)389/389/2020/11 އިއުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ބިޑް ހުށަހެޅިފައިނުވާތީ އެ އިޢުލާނު ބާތިލްކޮށްފީމެވެ.
އަދި އެ މަސައްކަތުގެ މަޢުލޫމާތު ބަދަލުކޮށް، ބަނދަރުމަތީގައި 4 ބެޑް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މި މަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. ނަންބަރު (IUL)389/389/2020/11 އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގަންނަވާފައިވާ ފަރާތްތަކުން އަލުން ބިޑްފޮތް ބައްލަވައިގަންނަވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައިގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
މައުލޫމާތު ބައްދަލުވުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
20 ފެބްރުއަރީ 2020 |
ބުރާސްފަތި |
11:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
23 ފެބްރުއަރީ 2020 |
އާދީއްތަ |
11:00 |
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
22 ޖުމާދަލްއާޚިރާ 1441
16 ފެބްރުއަރީ 2020