މަސައްކަތް
ނަންބަރު: (IUL)389/389/2020/14
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 23 ފެބުރުވަރީ 2020 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ބެޑް ހެދުމުގެ މަސައްކަތް

ބަނދަރުމަތީގައި ބެޑްތައް ހެދުމުގެ މަސައްކަތަށް އަލުން އިޢުލާނުކުރުން

 

ބަނދަރުމަތީގައި ބެޑް ހެދުމަށް މި ކައުންސިލުން ކުރި އިޢުލާނު ނަންބަރު (IUL)389/389/2020/11 އިއުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ބިޑް ހުށަހެޅިފައިނުވާތީ އެ އިޢުލާނު ބާތިލްކޮށްފީމެވެ.

އަދި އެ މަސައްކަތުގެ މަޢުލޫމާތު ބަދަލުކޮށް، ބަނދަރުމަތީގައި 4 ބެޑް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މި މަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް  17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 20 ފެބްރުއަރީ 2020  ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. ނަންބަރު (IUL)389/389/2020/11 އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގަންނަވާފައިވާ ފަރާތްތަކުން އަލުން ބިޑްފޮތް ބައްލަވައިގަންނަވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައިގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ބައްދަލުވުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

20 ފެބްރުއަރީ 2020

ބުރާސްފަތި

11:00

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

23 ފެބްރުއަރީ 2020

އާދީއްތަ

11:00

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

22 ޖުމާދަލްއާޚިރާ 1441  

16 ފެބްރުއަރީ   2020

16 ފެބުރުވަރީ 2020