ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2020-3
އިޢުލާން
މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2020 ވަނަ އަހަރު ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން މާލެ އަދި ހިތަދޫ ކެމްޕަހަށް ބޭނުންވެއްޖެއެވެ.
# |
Module Name |
Code |
Level |
Credits |
No. of Part-Time Lecturers Needed |
Location / Campus |
Course Name |
1 |
Hotel Japanese |
JAP0023 |
0 |
3 |
1 |
FHTS, Male’ |
Certificate 3 in Front Office |
2 |
Basic Decorations |
CAT002 |
0 |
5 |
1 |
FHTS, Male’ |
Certificate 3 in Patisserie |
3 |
Introduction to Cakes |
CAT089 |
0 |
5 |
1 |
FHTS, Male’ |
|
|
|
|
|
|
|
|
|
4 |
Safety and Security |
HAS017 |
0 |
3 |
1 |
Hithadhoo Campus, Addu |
Certificate 3 in Front Office |
5 |
Business Communications |
TRS049 |
0 |
3 |
1 |
Hithadhoo Campus, Addu |
|
6 |
Hotel Japanese |
JAP0023 |
0 |
3 |
1 |
Hithadhoo Campus, Addu |
|
7 |
English Language |
ENG009 |
0 |
3 |
1 |
Hithadhoo Campus, Addu |
ނޯޓް:
މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2020 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2020 ޓަރމް 2 ގައި މީގެތެރެއިން މާއްދާއެއް އޮފަރ ކުރާނަމަ، އެ ޕާޓްޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓަރމަށް އައު ކުރެވޭނެއެވެ. އެ ޕާޓްޓައިމް ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓަރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މާއްދާތައް 2 ވަނަ ޓަރމަށް އިޢުލާން ކުރެވޭނެއެވެ.
ޝަރުތު:
- ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެކަމަށް ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ
- މީގެ އިތުރުން މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަންސިޓީ ނުވަތަ އީ-މެއިލް އާއިއެކުހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ. އަދި ކެމްޕަހަކަށް ކުރިމަތި ލައްވާނަމަ އެކަން އެނގޭގޮތަށްވެސް ޖައްސަވަންވަނެއެވެ.
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ފެކަލްޓީއިން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މާލޭނަމަ 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ. ހިތަދޫ ކެމްޕަސްނަމަ 6885053 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މާލެއަށް ކުރިމަތިލުމަށް އެދިލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައިވާ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.
- ހިތަދޫ ކެމްޕަހަށް ކުރިމަތިލުމަށް އެދިލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ހިތަދޫ ކެމްޕަސް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަދި [email protected] މި ދެ އީ-މެއިލް އަށެވެ.