ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FHTS-2020-3
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 23:16
ސުންގަޑި: 19 ފެބުރުވަރީ 2020 11:00
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

 

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،

ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3345252 (960)

http://www.mnu.edu.mv

                                                     ނަންބަރ: 153-FHTS-2020-3

 

އިޢުލާން 

 

މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2020 ވަނަ އަހަރު ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން މާލެ އަދި ހިތަދޫ ކެމްޕަހަށް ބޭނުންވެއްޖެއެވެ.

 

#

Module Name

Code

Level

Credits

No. of Part-Time Lecturers Needed

Location / Campus

Course Name

1

 Hotel Japanese

JAP0023             

0

3

1

FHTS, Male’

Certificate 3 in Front Office

2

 Basic Decorations

CAT002

0

5

1

FHTS, Male’

Certificate 3 in Patisserie

3

 Introduction to Cakes

CAT089

0

5

1

FHTS, Male’

 

 

 

 

 

 

 

 

4

 Safety and Security

HAS017               

0

3

1

Hithadhoo Campus, Addu

Certificate 3 in Front Office

5

 Business Communications

TRS049               

0

3

1

Hithadhoo Campus, Addu

6

 Hotel Japanese

JAP0023             

0

3

1

Hithadhoo Campus, Addu

7

 English Language

ENG009              

0

3

1

Hithadhoo Campus, Addu

 

ނޯޓް:

މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2020 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2020 ޓަރމް 2 ގައި މީގެތެރެއިން މާއްދާއެއް އޮފަރ ކުރާނަމަ، އެ ޕާޓްޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓަރމަށް އައު ކުރެވޭނެއެވެ. އެ ޕާޓްޓައިމް ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓަރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މާއްދާތައް 2 ވަނަ ޓަރމަށް އިޢުލާން ކުރެވޭނެއެވެ.

 

ޝަރުތު:

-          ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-          ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެކަމަށް ދަންނަވަމެވެ.

 

އުޖޫރަ:

-          ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ

-          މީގެ އިތުރުން މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ

 

އެޕްލިކޭޝަންސިޓީ ނުވަތަ އީ-މެއިލް އާއިއެކުހުށަހަޅުއްވަންޖެހޭ ލިޔުންތައް:

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

-          ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ. އަދި ކެމްޕަހަކަށް ކުރިމަތި ލައްވާނަމަ އެކަން އެނގޭގޮތަށްވެސް ޖައްސަވަންވަނެއެވެ.

 

އިތުރު މަޢުލޫމާތު:

-          ކުލާސްތައް އޮންނާނީ ފެކަލްޓީއިން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-          އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މާލޭނަމަ 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ. ހިތަދޫ ކެމްޕަސްނަމަ 6885053 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

ސުންގަޑި:

-              މާލެއަށް ކުރިމަތިލުމަށް އެދިލައްވާ ފަރާތްތަކުން  19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައިވާ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

-      ހިތަދޫ ކެމްޕަހަށް ކުރިމަތިލުމަށް އެދިލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ހިތަދޫ ކެމްޕަސް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަދި [email protected] މި ދެ އީ-މެއިލް އަށެވެ.

 

 

13 ފެބުރުވަރީ 2020